ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ އާ ބުރެއް މިއަދު ކަނޑިތީމުގައި ފެށިގެން ކުރިޔަށް އެބަ ދެއެވެ.
ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން މިއަދުން ފެށިގެން ފެބްރުއަރީ 12ގެ ނިޔަލަށް ކަނޑިތީމު ކައުންސިލް އިދާރާގައި ކުރިޔަށް ދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުން ގޯތި ދޫކުރި އަލަށް އާބާދު ވަމުން އަންނަ ސަރަހައްދުންކަމަށް ކައުންސިލުން ހާމަކުރަށްވައެވެ. މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 40 ގޯއްޗެވެ.
ގޯތި ދިނުމަށް ކައުންސިލް އިދާރާއިން ގެންގުޅުއްވާ އުސޫލުތަށް ތިރީގައި އެވަނީއެވެ.
1) ދިވެހި ރައްޔިތަކު ކަމުގައި ވުން.
2) ޢުމުރުން 21 އަހަރު ވެފައިވެން.
3) ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން.
4) ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދޫކޮށްލައިފައިވާ މީހަކަށް ނުވުން.
5) ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، ވޭތުވެދިޔަ 02 އަހަރުދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.
6) ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ވޭތުވެދިޔަ 02 އަހަރު ދުވަހުގެ ތެރޭ މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.
7) ގޯއްޗަށް އެދޭމީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެގޯތި 600 އަކަފޫޓަށްވުރެ ބޮޑު ނަމަ މި ގޯތީގެ ވެރިފަރާތުގެ ހުރީ އެންމެ ދަރިއެއް ކަމުގައި ނުވުން.
8) ގޯއްޗަކަށް އެދިފައިވާ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެގޯތީގެ ބޮޑުމިން 1200 އަކަފޫޓަށްވުރެ ކުޑަނޫންނަމަ އެގޯތީގެ ވެރިފަރާތުގެ ގޯތިލިބިފައިނުވާ ދުނިޔޭގަ ތިބި ދަރިންގެ ޢަދަދު 2 އަކަށްވުރެ އިތުރުވުން.
9) ގޯއްޗަށް އެދިފައިވާ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް 1200 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްލިބިފައި ނެތުން. މި ބުރުގައި މީގެ ކުރިން ދެވުނު ފުރުސަތުތަކުގައި ގޯއްޗަށް އެދި ހުށައަޅައިފައިވާ ފޯމުތައް ބާތިލްވާނެ ކަމަށް ކައުންސިލުން ހާމަ ކުރަށްވައެވެ.
ފޯމު ދޫކުރުމުގެ ފުރަތަމަ ދުވަހުވެސް ގިނަ އަދަދެއްގެ ފޯމުތައް ނަގާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

0 comments:
Post a Comment