އިންސާފްގެ ދަތުރުގެ ނަމުގައި އެމްޑީޕީން އިއްޔެ މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޭ ބާރަޖެހުމާއި ހަމަޔަށް ނިމިފައިވާކަމަށާއި، އޭގެ ފަހުން އެސަރަހައްދުގައި މުޒަހަރާ ކުރަމުންދަނީ އެމްޑީޕީން ނޫންކަމަށް އެޕާޓީގެ މެންބަރުން އިންތިޚާބް ކޮށްފައިވާ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
ދިޓީވީއަށް މައުލޫމާތު ދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ، އެމްޑީޕީން ސުލްހަވެރިކަމާއެކު އިއްޔެ ބޭއްވި ބޮޑު މުޒާހަރާއަކީ ރޭ ބާރަޖެހުމާއި ހަމަޔަށް ކުރިއަށް ގެންދާގޮތަށް ކުރި މުޒަހަރާއެއްކަމަށެވެ. އެމްޑީޕީގެ ފަރާތުން މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހަމެންބަރުންގެ މައްޗަށް އެކުލެވޭ ޓީމުން މުޒަހަރާ ފަށާނެ ވަކި ގަޑިއަކާއި، މުޒަހަރާ ނިންމާލުމަށްވެސް ވަކި ގަނޑިއެއް ކަޑައަޅާފައިވާކަމަށް ޑީޑީ ވިދާޅުވި. އެގޮތުން ރޭ މެންދަމު ބާރަޖަހާއިރަށް މުޒަހަރާ ނިންމާލާފައިވާކަމަށާއި، އޭގެފަހުން އެސަރަހައްދުގައި މުޒާހަރާކޮށް، ޝުއޫރު ފާޅުކުރުމަށް އެގެންދަނީ ޒުވާން ކުދިންކޮޅެއްކަމަށް ޑީޑީ ވަނީ ވިދާޅުވެފައެވެ.
ޑީޑީ ވިދާޅުވީ އޭގެފަހުން ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެމްޑީޕީން މުޒާހަރާ ކުރަމުން ނުގެންދާ ކަމަށް. ޑީޑީ ވިދާޅުވީ، އެމްޑީޕީންކުރި މުޒަހަރާ ރޭ ބާރަ ޖެހުމާއި ހަމަޔަށް ނިންމާލާފައިވާއިރު، މުޒާހަރާ އިތުރަށް ކުރިއަށް ގެންގޮސް ސިލްސިލާ ގޮތެއްގައި މުޒާހަރާ ކުރުމަށް އެޕާޓީން ނިންމާފައިނުވާކަމަށެވެ.
ނަމަވެސް އިއްޔެއާއި ރޭ ތަކުރާރުކޮށް އެމްޑީޕީގެ ބައެއް އިސް ބޭބޭފުޅުން ވިދާޅުވަމުން ގެންދެވީ އިއްޔެ ފެށި މުޒާހަރާ ނިންމާލާނީ އިންތިޚާބު ބާއްވާ ތާރީޚު އިޢުލާން ކުރުމުން ކަމަށެވެ.
ޑރ. އިބްރާހިމް ދީދީ ( އެމްޑީޕީގެ ރައީސް ) ގެ ވީޑިއޯ:
http://www.youtube.com/watch?v=61GoIImzhHc&feature=channel

0 comments:
Post a Comment