މިފަހަރުގެ މައުލޫއަކީ ލޯބި، މިލަފުޒެވެ. މިފަދަ ބޮޑު މަޢުލޫއަކަށް ނަޒަރު ހިންގާލާއިރު ހިތަށް އަރަމުންދަނީ މިއީ އަތްގުޅި ކާނެވަރުގެ މައުލޫއެއް ބާވައެވެ. ނަމަވެސް ލޯތްބާއިބެހޭގޮތުން ކުޑަ ނަމަވެސް އިޝާރާތެއްކޮށްލުމަކީ މިއަދު ނިކަމެތި އަޅާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއްކަމުގައި ދެކި ކޮންމެވެސް މިންވަރެއް މިމައުލޫގައި ކޮށްލެވޭތޯ ބަލާލާނަމެވެ. އެހެނަސް ކިއުންތެރިންގެ އަރިހުން އެދެންޖެހޭ އެދުމެއް އަބައޮތެވެ. މިލިޔުން ވިދާޅުވާ ކޮންމެ ބޭފުޅަކުވެސް މާނަ ނަންގަވަންވާނީ މަޖާޒީ ވިސްނުމަކުންނެވެ. މިފަދަ ބޮޑު މަޢުލޫއަކަށް އަތްހިންގާލަން ބަލާއިރު ނިކަމެތި އަޅާއަކީ ލޯބީގެ މާބޮޑު އިހްސާސްތަކެއް ކުރެވި މިކަމުގެ މާބޮޑު ފަލްސަފާއެއްވެސް އޮތްމީހެއްނޫން ކަމުގައިވެސް ބުނެލަންޖެހެއެވެ. މިގޮތުން ފުރަތަމަ މި ބަލާލަނީ ލޯތްބަކީ ކޮބައިކަމުގެ މައްޗަށެވެ.
އަހަރެމެންގެ މިމުޖުތަމުއުގައި ލޯބި ވަރަށް ގިނަ ގޮތްގަތަށް ސިފަކޮށްފައި އެބަހުއްޓެވެ. އޭގެތެރޭގައި ހިތްގައިމު ގޮތެއްހުރުން ،އަޅައިގަންނަ ގޮތެއް ހުރުން،ނުވަތަ ފުރިހަމަކަން، އެކަކު އަނެކަކަށް ހިތުގައި އުފެދޭ ޖަޒުބާތެއް މިފަދަ މާނަތަކެކެވެ. ދެން ބަލާލާނީ ލޯބި ބެހިފައިވާ ބައިތަކަށެވެ. މިގޮތުން ފުރަތަމަ ނަޒަރު ހިންގާލާނީ ހަޤީގީ ލޯތްބާއި ބެހޭގޮތުންނެވެ.
ހަޤީގީލޯބި
ހަޤީގީ ލޯތްބާއި ބެހޭގޮތުން ބައެއް ފަލްސަފާވެރިން ބުނަމުން އަންނަނީ ހަޤީގީ ލޯތްބަކީ ވަރަށް މަދު މީހަކަށް ނޫނީ ހާސިލުނުކުރެވޭނެ އަދި ކޮންމެމީހަކާއި އުމުރުން އެއްފަހަރު ބައްދަލުކުރާނޭ އެފަދަ ދެވަނައެއް ނުވާ އަގުމާތް ލޯތްބެއްކަމުގައެވެ. އަދި މިލޯތްބަކީ އަޑިގުޑަންތައް ގިނަ ހާސިލުކުރަން އުނދަގޫ ލޯތްބެއްކަމުގައެވެ. މިލޯބި ހާސިލުކޮށްފައިތިބޭ މީހުން ތިބޭނީ މުޅިދުނިޔެ އުމުރަށްވެސް ހިތްހަމަޖެހުމާއި އުފަލުގައި ޖޯޑްވެތި ގޮތެއްގާކަމަށެއެވެ. މިލޯބި ފެށިގެން އަންނަނީ އެންމެ ހަގު އުމުރުގައި ކަމަށާއި ހަތް އަހަރާއި އަށް އަހަރާ ދެމެދު ހިތުގައި އުފެދޭ ގާތް ރަހްމަތްތެރިކަމުގެ ގުޅުމަކުން ކަމަށެވެ. އެހެން ނަޒަރަކުން ދެކެނީނަމަ ޅައުމުރުގައި އުފެދޭ އެކުވެރިކަމާ ފެނިދެނިވެ އުޅުމާއި ކުރެވޭ މުއާމަލާތުގެވެސް ގިނަކަމުންމެއެވެ. މިލޯތްބަށް ޖާޒުބީ ލޯތްބޭވެސް މީހުންކިޔަތެވެ. ހަޤީގީ ލޯބި ވެވޭނީ އެއްފަހަރު އެކަކު ދެކެ ކަމަށާއި މިލޯބި ހާސިލުކުރާ ދެމީހުންނަކީ އެކަކު އަނެކަކަށް ކެއަރކުރާ އަދި ކަންކަމުގައި ޝެއަރކުރާ ބަޔެއް ކަމުގައެވެ. އަދި ގޮތް ދޫކުރުމާއި އެކަކު އަނެކަކަށް ނަފުސަށް އިތުބާރު ކުރާ ދެމީހުންކަމުގައެވެ. މިލޯބި ދެފުށުން ކޮށާ މަށާލާއިރު ފެންނަމުންދާ ހަޤީގަތްތަކުން މިއީ މިހާރުގެ މުޖުތަމައުގައި މާ އުރަތްޕެއްހުރި ލޯތްބެކޭ ދަންނަވާ ހިތެއް ނުވެއެވެ. ސަބަބުތައް ބައިވަރެވެ. ކަން މިހެންއޮތްކަމުގައި ވިޔަސް މިލޯބި ހާސިލުކުރާ ލޯބިވެރިން ވަކިވެގެން އެދަނީ ހާދަހާވާ ފިނޑި އެހާމެ ނިކަމެތި ގޮތަކަށޭ ބުނެލަން ޖެހެއެވެ. އަދި މިފަދަ ވަކިވުންތައް ފުން ހިތާމަޔާއި ހިތް ދަތިކަމަށް ބަދަލުވެފައި ހުރީ މަދެއްކޮށެއްވެސް ނޫންކަމުގައެވެ. އަދި އެފަދަ ހަޤީގީ ލޯބި ބީވެގެން ދިއުމުން ދެވަނައަށް ބިންގާ އަޅާލެވޭ ލޯބި އެލޯތްބަށްވުރެ މާކާމިޔާބު ލޯތްބަކަށް ވެގެންވެސްގޮސްފައި އަބަހުރިމެއެވެ.
ހަޤީގީލޯބި
ހަޤީގީ ލޯތްބާއި ބެހޭގޮތުން ބައެއް ފަލްސަފާވެރިން ބުނަމުން އަންނަނީ ހަޤީގީ ލޯތްބަކީ ވަރަށް މަދު މީހަކަށް ނޫނީ ހާސިލުނުކުރެވޭނެ އަދި ކޮންމެމީހަކާއި އުމުރުން އެއްފަހަރު ބައްދަލުކުރާނޭ އެފަދަ ދެވަނައެއް ނުވާ އަގުމާތް ލޯތްބެއްކަމުގައެވެ. އަދި މިލޯތްބަކީ އަޑިގުޑަންތައް ގިނަ ހާސިލުކުރަން އުނދަގޫ ލޯތްބެއްކަމުގައެވެ. މިލޯބި ހާސިލުކޮށްފައިތިބޭ މީހުން ތިބޭނީ މުޅިދުނިޔެ އުމުރަށްވެސް ހިތްހަމަޖެހުމާއި އުފަލުގައި ޖޯޑްވެތި ގޮތެއްގާކަމަށެއެވެ. މިލޯބި ފެށިގެން އަންނަނީ އެންމެ ހަގު އުމުރުގައި ކަމަށާއި ހަތް އަހަރާއި އަށް އަހަރާ ދެމެދު ހިތުގައި އުފެދޭ ގާތް ރަހްމަތްތެރިކަމުގެ ގުޅުމަކުން ކަމަށެވެ. އެހެން ނަޒަރަކުން ދެކެނީނަމަ ޅައުމުރުގައި އުފެދޭ އެކުވެރިކަމާ ފެނިދެނިވެ އުޅުމާއި ކުރެވޭ މުއާމަލާތުގެވެސް ގިނަކަމުންމެއެވެ. މިލޯތްބަށް ޖާޒުބީ ލޯތްބޭވެސް މީހުންކިޔަތެވެ. ހަޤީގީ ލޯބި ވެވޭނީ އެއްފަހަރު އެކަކު ދެކެ ކަމަށާއި މިލޯބި ހާސިލުކުރާ ދެމީހުންނަކީ އެކަކު އަނެކަކަށް ކެއަރކުރާ އަދި ކަންކަމުގައި ޝެއަރކުރާ ބަޔެއް ކަމުގައެވެ. އަދި ގޮތް ދޫކުރުމާއި އެކަކު އަނެކަކަށް ނަފުސަށް އިތުބާރު ކުރާ ދެމީހުންކަމުގައެވެ. މިލޯބި ދެފުށުން ކޮށާ މަށާލާއިރު ފެންނަމުންދާ ހަޤީގަތްތަކުން މިއީ މިހާރުގެ މުޖުތަމައުގައި މާ އުރަތްޕެއްހުރި ލޯތްބެކޭ ދަންނަވާ ހިތެއް ނުވެއެވެ. ސަބަބުތައް ބައިވަރެވެ. ކަން މިހެންއޮތްކަމުގައި ވިޔަސް މިލޯބި ހާސިލުކުރާ ލޯބިވެރިން ވަކިވެގެން އެދަނީ ހާދަހާވާ ފިނޑި އެހާމެ ނިކަމެތި ގޮތަކަށޭ ބުނެލަން ޖެހެއެވެ. އަދި މިފަދަ ވަކިވުންތައް ފުން ހިތާމަޔާއި ހިތް ދަތިކަމަށް ބަދަލުވެފައި ހުރީ މަދެއްކޮށެއްވެސް ނޫންކަމުގައެވެ. އަދި އެފަދަ ހަޤީގީ ލޯބި ބީވެގެން ދިއުމުން ދެވަނައަށް ބިންގާ އަޅާލެވޭ ލޯބި އެލޯތްބަށްވުރެ މާކާމިޔާބު ލޯތްބަކަށް ވެގެންވެސްގޮސްފައި އަބަހުރިމެއެވެ.
ގިރިޓީ ލޯބި
މިލޯތްބަކީ ތަނަވަސްކަމާއި ފައިސާގެ ދަޅަ ދައްކައިގެން ހާސިލުކުރާ ލޯތްބެކެވެ. މިލޯތްބަކީ ހާސިލު ކުރަން އެންމެ ފަސޭހަ އަދި މިހާރުގެ މިމުޖުތަމައުގައި ވަރަށް ބާރަށް ފޯދެމުން އަންނަ ލޯތްބެކެވެ. މިލޯތްބަކީ ދުރުމުސްތަޤްބަލަކަށް ބަލާއިރު ދެމެހެއްޓެނިވި ލޯތްބެކޭ ދެންނެވޭކަށް ނެތެވެ. ސަބަބަކަށްވަނީ ފައިސާވެރިން ނޫނީ ފައިސާ އާ ތަނަވަސްކަން ނެތިސް ތަނަވަސްކަމުގެ ދަޅަދައްކައިގެން ފުއްދުން ތެރިކަންކުރިޔަށްނެރެ ހާސިލުކުރާ ލޯތްބަކަށްވީތީއެވެ. މިލޯބި ހާސިލުކުރާ ލޯބިވެރިން ފިރިހެނެއްނަމަ ރީތި އަންހެންކުދިން ރުއްސައިގެން އަދި ނިކަމެތިންގެ ހިތްތަކަށް ހާއްސަކޮށް މައިންބަފައިންނަށް ބޮޑެތި އިނާމުތަށް ވިޔަފާރި ނޫނީ ކަންނެލި އޮޑިފަހަރު ހުށަހަޅައި ތަނަވަސްކަމުގެ ދަޅައިގައި ޖައްސައިގެން ހާސިލުކުރާ ނެތެވެ. މިލޯބީގައި ބޮޑެތި ހަވޭލީ ތަކާއި ރަންބިސްއަޅާ ކުކުޅުހާ އަންހެންކުއްޖާގެ ޤަބީލާއަށް ހުށަހަޅައެވެ. މިދަޅަތައް މިހަޤީގަތްތައް ދައްކަމުންދަނީ އަންހެން ކުއްޖާ ހާސިލުކުރެވެންދެންނެވެ. ލޯބި ހާސިލުވުމުން ތަނަވަސްކަމާއި ހިތްނުތަނަވަސްވުން އެއީ މިލޯބީގައި އުފެދޭ އެއްމެ ބޮޑު ކަތުރު ފަންޏެވެ. މިލޯބީގެ މާނަ ނަންގަވަމުން އަލްމަރުހޫމް ނައިފަރު ދޮހޮއްކޮބޭ ކިއުއްވާފައިވާ ލަވަޔެއްގައިވާ އިބާރާތް ލިޔެލާނަމެވެ.
‘ގިރިޓީ ލޯބިން ދައްކާ ދަޅައިން ބަލިބަލި ހިތްތައް ބުރުއްސައިފިޔޭ , މިއީ ވަރަށް ބޮޑު ހަޤީގަތެކެވެ. އަދި މިލޯތްބަކީ މިޒަމާނުގެ ޖީލްތައް ވިސްނާ ފިކުރުހިންގަންޖެހޭ ފަދަ ނާކާމިޔާބު ލޯތްބެއް ކަމުގައި ބުނަންޖެހެއެވެ.
ގެރިލޯބި
މިލޯތްބަކީވެސް މާ ތާކުންތާކުޖެހޭ ހަމަޖެހޭ ލޯތްބެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. ސަބަބަކީ އެކަކު އަނެކަކު ނުދަނެވިތިބެ ހަޔާތް ބައްޓަން ނުކޮން އެހެން ބީދައަކުން ބުނާނަމަ ދިރިއުޅުމަކަށް ނުވިސްނާ ހަށިގަނޑާއި ޖިސްމާނީ ބާރަށް ނަޒަރުހިންގައިގެން ކުރެވޭ ލޯތްބަކަށް ވާތީއެވެ. މިލޯބީގައި އަނބިމީހާއަށް ޖިސްމާނީ ނަފްސާނީ ގެއްލުންތައް ލިބެމުން ދާނެއެވެ. ހަޤީގަތަށް ލިޔަނީނަމަ ފިރިހެނެއްނަމަ އޭނާގެ ހިތައް ފިރިހެނީ އިހްސާސް ހިއްސާކުރާ ކޮންމެ ވަގުތަކު އަނބިންގެ ހާލަށް ހާލަތާއި ވަގުތައް ބެލުމެއްނެތި ޖިސްމާނީ ބާރު ހާސިލުކުރާނެތެވެ. މިކަމުގެ ސަބަބުން އިންސާނީ މުޖުތަމައަށާއި އިންސާނީ ލައްޒަތަށް ނޭދެވޭ އަސަރުކޮށް އަދި މަޖުބޫރު ހާލަތުގައި ނަމަވެސް އަތްފައި އިސްކޮށް ވަލުޖަނަވާރުންގެ އުސޫލަށް ވެއްޓިގެން ގޮސަފައިވޭމެއެވެ. މިކަމުގެ ސަބަބުން ޢާއިލާތައް ރޫޅި މުޖުތަމައު ފަސާދަވެގެން އަންނަތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. ވީމާ މިލޯތްބަކީ ޖަންގަލީގެ ޖަނަވާރުންގެ މިސާލުގައި ގަދަމީހާ ގަދަކަން ދައްކައިގެން އެމީހެއްގެ އިހްސާސް ހާސިލުކުރާ އިންސާނީ މުޖުތަމައުން ތާއަބަދަށް އެއްކިބާކޮށް ލަންޖެހޭފަދަ ލޯތްބެއްކަމުގައިވެސް ލިޔަންޖެހެއެވެ.
ގުއިލޯބި
މިލޯތްބަކީ މިދިވެހި މުޖުތަމައުގައި ވަރަށް ބޮޑު މަސްހޫރު ކަމަކާއި ބައެއް ޢާއިލާތަކުގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ލޯތްބެކެވެ. އެހެނީ ފުރަތަމަ ފެނިލުމާއެކުއެކީވެސް ކާވަނިކުރެވި ލޯބީގެ އެއްވެސް ކަންފުޅެއްނެތި ހާލަތާއި ވަގުތައްވެސް ބަލާލުމެއްނެތި ވެވޭ ލޯތްބެކެވެ. މިލޯބި ފެށޭނީ ކައިވެނި ކުރެވުމުންނެވެ. މިލޯބީގައި އެކަކުގެވެސް އިހްސާސް އަނެކާއަށް ދެނެގަނެވިފައެއް ނުވާނެއެވެ. އެހެން ވުމުން އެކެއްގެ އިހްސާސް އަދި ކަންކަމުގައި ޝެއަރކުރުމާއި ކެއަރ ކުރުމެއްވެސc ނޯންނާނެއެވެ. ނަމަވެސ އަނބިމީހާ ތާއަބަދުމެ އުޅޭނީ ފިރިމީހާ ރުއްސައިގެން ލޯބިވާކަމަށް ހައްދައިގެންނެވެ. އަދި ފިރިންގެވެސް ހުކުން ހުންނާނީ ހަމަ މިފަދަ ބީދައުންނެވެ. މިފަދަ ލޯބިވެރިންގެ އިހްސާސްތައް އެކަކު އަނެކަކަށް ހިއްސާކުރާ ވަގުތު ދެމީހުންވެސް ލޯބިން އެފަދަ ދެ ލޯބިވެރިޔަކު ނެތްފަދަ އަމަލުތަކެއް ފެންމަތިކުރާނެކަން އެއީ ޔަޤީންކަމެވެ. މިތަނުން އެކެއްގެވެސް އިހްސާސްތައް ކެނޑުމުން އަނެކާގެ ހާލަތަކަކަށް ބެލުމެއްނެތި ގައިކޮޅު ގައިދުރު އޭ ބުނެ ނުދެނެހުރެތެވެ.
ކަނުލޯބި
މިލޯތްބަކީ އިންސާނީ މުޖުތަމައުގާ ގިނަ ބަޔަކާ އުމުރުގެ ކޮންމެވެސް ހިސާބަކުން މުހާތަބުކުރާ ލޯތްބެކެވެ. ގިނަފަހަރަށް މިލޯތްބާއި ބައްދަލުކުރާ މީހުންނަކީ ދިރިއުޅުމުގާ ބޭގަރާރުވެ ޖަޒުބާތާއި އިޝްޤީ ފަލްސްފާ ކަފުންކުރެވިފާވާ މީހުންނެވެ. ސަބަބަކަށްވަނީ އެބައިމީހުން ހިތުއަޅައިގެން އުޅޭ ކުއްޖާއަށް އެކަން ނޭންގި ތިމާގެ އަމިއްލަ ހިތުގާ އެކަން ހިތުއަޅައިގެން ލޯބިވާކަން ހާމަ ނުކުރެވި އުޅެނިކޮށް ކޮންމެވެސް އެހެން މީހަކު އެލޯބި ހާސިލުކުރުމުން ދެން އެކަމާ މާޔޫސްވެ ގޮތްހުސްވެފާވާ މީހުންނެވެ. މިފަދަ ލޯތްބެއްގެ ލޯބިވެރިއެއްގެ އިހްސާސް ކިއުންތެރިންނާ ހިއްސާކޮށްލާނަމެވެ.
ދުވަސްވަރަކީ ތަދުމަޑުކަން ކެނޑި ކޮންމެވެސް ވަރަކަށް އޮއްޓަރުހުރި ތަކެތި އަރުއެތެރެއަށް ލާން ލިބެންފެށި ދުވަސްވަރެވެ. އަހަރެންވެސް މީހަކާ އިނުމަށް އެކަމަށް ފޫގަޅަމުން އައިދުވަސްވަރެވެ. އޭރު އަހަރެންގެ ޢާއިލާގައި ދުނިޔޭގައި މުސްކުޅި ބަފަޔަކާއި އަދި އަހަރެންގެ ހަގަށް ތިން ބެއިން ތިއްބެވެ. ގުދާރު ބިނދޭވަރު ބުރަމަސައްކަތުގައި އުވަ ދަވަން އުވަވަޅުކައިރީ އުޅެފައި ގެޔަށް ފެންވަރާލާ ގައިންތާހިރުވާން އައިސް ގޭގެ މައިދޮރުން އެއްފައި އެތެރެއަށް އަޅާލިވަގުތެވެ. ގޭގޭ ބޮޑު އަށީގެ އޮޑިތާންވަޅުގައި ބިޑިއެއް ރޯކޮށްގެން އިން ބައްޕަ ބުނެލިއެވެ. ދަރިފުޅާއެވެ. މިހާރު ކަލޯވެސް ތިޔަހުރީ ބޮޑު ފިރިހެނަކަށް ވެފައެވެ. ބައްޕަ މިހެން ބުނުމުން އަހަރެން އެހީމެވެ. ބައްޕާއެވެ. ވީކިހިނެއްހެއްޔެވެ. ބައްޕަ ކޮލުތެރޭގައި އޮތް ހައްޕުނޑުގަނޑު ބޭރަށް ބުރުވާލާފައި ބުނެތެވެ. މިހާރު ކަލޯގެ ބޮޑުދައިތަވެސް ލޯބޯކޮށިވެ އަހަރެމެންނަށް ކާއެތިކޮޅު ރޯފިލުވާދޭނޭ ހިތްވަރެއްނެތެވެ. އެހެން ވީމާ މިގެއަށް ކުއްޖަކު ގެންނާކަށް ނުވޭހެއްޔެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. ބައްޕާއެވެ. މިގެއަށް އަންނާނީ ކާކުހެއްޔެވެ. ބައްޕަ ބަލަ ކަލޯވެސް ކޮޔަކާ އިންދެގެން މިގެއަށް ގެނައީމާ އެގެނެވުނީނުންތަ, އަހަރެން ހިނިގަނޑެއް ޖަހާލުމުން ބައްޕަ ފުންކޮށް ކަރުކެހިލާ އަނގަތެރޭވާ ކޮލާޑިތައް ސާފުކޮށްލަމުން ބެނެތެވެ. ކަލޯ އިންނަން ރަނގަޅު ކޮޔަކު އަބަހުއްޓެވެ. އަހަރެން ބުނީމެވެ. ކާތަކެތި ރޯފިލުވުން ފިޔަވާ ބައްޕައަށް ދަތިވާ އެހެންކަމެއް ނެތެއްނޫން ހެއްޔެވެ. މީހަކާ އިނދެވޭނީ ނިވާކަން ހުރި ގިފިލިގަނޑަކާއި ނިދާލާނެ އެނދުގަނޑެއްވެސް ހުރެގެންނެއް ނޫންހެއްޔެވެ. މިހެން ބުނުމުން ބައްޕަ ބުނެތެވެ. ކަލޮއާ ގުޅޭ ރޫފަ ރަނގަޅު ހީވާގީ ކޮޔަކު އެވެނި މިވަނި ގެޔަކު އެބަހުއްޓެވެ. އަނެއްކާވެސް އަހަރެން ބުނީމެވެ. ބައްޕައަށް ދަތިވަނީ ކޮންކަމެއްހެއްޔެވެ. ބައްޕަ ޖަވާބުގައި ބުނެތެވެ. އަހަންނަށް ވުރެ ދަތިވާނީ ދަރިފުޅަށެވެ. ގަޑިން ގަޑިޔަށް ކައްކާ ކާންދީ އުނުއަންނައުނު ދޮވެ ގޭދަށް ސާފުކޮށް ހެދޭނީ ކަލޯ މީހަކާއި އިނދެގެން މިގެޔަށް ގެނެސްގެންނެއް ނޫންހެއްޔެވެ. ކޮންމެއްއަކަސް ބައްޕަ އެގޮތް ދޫނުކުރުމެއް އަހަންނަކަށް ނުހުއްޓުވުނެވެ. އެވަގުތު ބުނީމެވެ. މިވަގުތުން ފެށިގެން ތިޔަކަމާ މަސައްކަތް މިފެށީއެވެ. ބައްޕަ ބުނެތެވެ. މިވެނި މީހާގެ ދަރި ކަލޮޔަށް ރަނގަޅުވާނެއެވެ. ޖެހިގެން އައި ދުވަހު ދެހެކިން ފޮނުވާ އެމަންޖެ ރުއްސާ ރަންކިޔައިފީމެވެ. އަދި އެދުވަހުގެރޭ ކައިވެނިކޮށް އަލަތުކައިވެނީގައި ދެމީހުން އެއްކޮޓަރީގައި ދެއެނދުގައި ނިދަން އޮށޯވެއްޖައީމެވެ. ކޮންމެއަކަސް ދަން ދެބައިވިތަނާ އަހަންނަށް ހޭލެވުނީ ގައިގާ ކޮންމެވެސް އެއްޗެއް ހޭކޭތީ ހޫނު އިހްސާސް ވާތީއެވެ. ލޯހުޅުވާ ބަލާލެވުނު ވަގުތު ގާތުގައި މިއޮތީ އަލަތު އަނބިމީހާއެވެ. އެވަގުތު ކުއްލި ހަރަކާތަކާއެކު އެނދުން ތަޅުން މައްޗަށް ފައިބައި ފީމެވެ. އަދި އަންހެނުންނަށް ގޮވާ ހޭލައްވާ މިތަނަށް ތިޔަ އައީ ކީއްކުރަންހޭ އެހީމެވެ. ޖަވާބުގައި އަންހެނުން ބުނެތެވެ. ބަލަ ތިޔައީއަހަރެންގެ ފިރިމީހާ ނޫން ހެއްޔެވެ. ދެމަފިރިން ނިދާނީ އެއް އެނދުގަ އެކުއެކީއެއް ނޫން ހެއްޔެވެ. އަންހެނުން މިހެންބުނުމުން އަހަރެން ބުނީމެވެ. އަހަރެން ނަކަށް ތިގޮތަކަށް ނޫޅެވޭނެއެވެ. އަދި އެހެން ނޫނަސް ކަލޭ މިގެއަށް ގެނައީ ބައްޕަ ބުނިބުނުމަކަށް މަސައްކަތް ކުރާށެވެ. އަންހެނުން ވަރަށް ދެރަވެލާފާ ބުނެތެވެ. އެއީ ކޮންމަސައްކަތެއް ކުރަން ހެއްޔެވެ. އެވަގުތު އަހަރެން ބުނީމެވެ. ގަޑިންގަޑިން ކައްކާ ގޭތެރެ ސާފުކޮށް އުނުއަންނައުނު ދޮންނާށެވެ. މިހެން ބުނުމުން އަންހެނުން ބުންޏެވެ. ދެން ކަލޭ މަށަށް ކޮށްދޭންޖެހޭ އެހެން ކަމެއް ނޯވޭ ހެވެ. އެވަގުތު އަހަރެން ބުނީމެވެ. އާ ދެންކޮންކަމެއްހެއްޔެވެ. މަށަކަށް ކޮޔަކަށް ކޮށްދެވޭނޭއެހެން ކަމެއްނެތެވެ. މިގޮތް ނުފުދެންޏާ މާދަމާ އިރު އަރާތަނުން ދެހެކިން ގެނެސް ވަރިކުރާނަމެވެ. ކޮންމެއަކަސް އަންހެންމީހާގެ ގޮތް ދޫނުކުރުމުގެ ސަބަބުން އެރޭގެ ނިދިން ދެމީހުންމަހުރޫމުވެ ތިބީ ކުނޑި ޒުވާބުގައެވެ.ފަތިސްވުމުން އަހަރެން ބުނީމެވެ. މިގޮތް ނުފުދެންޏާ ހެނދުނު އަރާ އިރާއެކު މިގެން ނުކުމެގެން ފެއްސޭށެވެ. އަދި ޖެހިގެން އައި ދުވަހު ހެނދުނު އަންހެނުން ވަރިކޮށް ގެއިން ފޮނުވާލައިފީމެވެ. ވީމާ މިލޯތްބަކީ ކަނުލޯބިކަމަށް ބުނެވޭނޭ ޖާގަ އަބައޮތެވެ. ނިމުނީ
0 comments:
Post a Comment